14/10/2021
އަޅުގަނޑު މުޙައްމަދު ޙާމީ ކިޑްނީ ބަލީގައި އުޅެންފަށާފައިވަނީ އުމުރުން 4 އަހަރުގައެވެ. އަދި އުމުރުން 26އަހަރުގައިވަނީ ފުރަތަމަ ފަހަރަށް ކިޑްނީ ޓްރާންސްޕްލާންޓް ހަދާފައެވެ. ނަމަވެސް 15 އަހަރުފަހުން އަނެއްކާވެސް ވަނީ ކިޑްނީ ފެއިލްވެ، 2019 އޭޕްރީލް އިން ފަށައިގެން ހަފްތާއަކު ތިން ދުވަހު ޑައިލެސިސް ހަދަން ޖެހިފައެވެ. 2020 އޮކްޓޯބަރ މަހުގައި އަޅުގަނޑު ކޮވިޑަށް ޕޮޒިޓިވްވެ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ވަނީ ފަރުވާދީފައެވެ. ފެސިލިޓިގައި ފަރުވާދެމުން ދަނިކޮށް ވަރަށް ގަދަޔަށް ބަނޑުގައި ރިއްސަންފެށުމުން އިތުރު ޓެސްޓުތައް ހެދުމުން އެނގިގެންދިޔައީ ޕެންކްރިއެސް ވަރަށް ބޮޑަށް ދުޅަވެފައިހުރިކަމެވެ. އާސަންދައިގެ ދަށުން އިންޑިއާގެ ބީ.ޖީ.އެސް ހޮސްޕިޓަލަށް ދެއްކުމުން ޑޮކްޓަރ ލަފާދިނި އޮޕޮރޭޝަން ކުރުމަށެވެ. ދެވަނަ ލަފައަކް ބެންގަލޫރުގެ ފޯޓިސް ހޮސްޕިޓަލް އަށް ދެއްކުމުން ޑޮކްޓަރ ވިދާޅުވީ އަޅުގަނޑުގެ ހާރޓް ފަންކްޝަން %45 ހުރުމެގެ ސަބަބުންނާ ދެވަނަ ޓްރާންސްޕްލާންޓަކަށް ތައްޔާރުވަމުން ދާތީވެ އޮޕަރޭޝަން ކުރުމަކީ އެހާ ރަންގަޅު ކަމެއް ނޫން ކަމަށެވެ. އީ.އާރު.ސީ.ޕީ ކިޔާ ޕޮރޮސީޖާއެއްގެ ދަށުން ޕެންކްރްރިއާސްގެ ހުރި ހިލަތަށް ގޮށްވާލުމަށް ފަހު އެންޑޯސްކޯޕީ ކޮށް ނެގޭނެ ކަމަށެވެ.އަދި މި ޕޮރޮސީޖާ އަކީ އަޅުގަނޑަށް މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.ނަމަވެސް މި ދެންނެވި ފޯޓިސް ހޮސްޕިޓަލަކީ އާސަންދަ ލިބޭ ހޮސްޕިޓަލަކަށް ނުވާތީ، އަދި އަޅުގަނޑުގެ މާލީ ހާލާތު މިވަގުތު ހުރިގޮތުން އަމިލައަށް މިކަމަށް ހަރަދުކުރުން ވަނީ ނުކުޅެދިފައެވެ. އެހެނަސް މި ޕޮރޮސީޖާ ލަސްވެއްޖެ ނަމަ އަޅުގަނޑުގެ ފުރާނައަށް ނުރައްކާ ވެދާނެތީވެ އަދި އަޅުގަނޑުގެ ކިޑްނީ ބަދަލުކުރުމަށް މިކަމުގެ ސަބަބުން ހުރަސް އެޅި އިތުރަށް ކޮމްޕްލިކޭޝަންވެދާނެތީވެ އަޅުގަނޑު ތިޔަ އެންމެހާ ބޭފުޅުންގެ ކިބައިން ދީލަތި އެހީ އަކަށް އެދެމެވެ.
މުހައްމަދު ހާމީ
7730000391435 (އާއިޝަތު ޝުޒާ / މުހައްމަދު ޙާމީ) : MVR އެކައުންޓް ނަންބަރ
(އާއިޝަތު ޝުޒާ / މުހައްމަދު ޙާމީ)7730000391436 :USD އެކައުންޓް ނަންބަރ